ހުޅުމާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލޭގައި އިމާރާތެއްގެ ދެވަނަ ފަންގިފިލާގައި އޭސީއަށް ހަރުކުރަން އުޅުނު މީހަކު، އޭސީ އައުޓްޑޯ ޔުނިޓާ އެއްކޮށް ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް މިއަދު މެންދުރު 3:50 ގައި ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ލިބިފައި ވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހުޅުމާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިގެން ފަރުވާދެމުން އަންނަ އިރު، ރޭގެ ވަގުތެއްގައި މ. އެންދެރިކުރި ހަތަރުވަނަ ފަންގިފިލާއިން އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ވެއްޓިފައެވެ. އަދި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.