މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މ. އެންދެރިކުރި ހަތަރުވަނަ ފަންގިފިލާއިން އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ވެއްޓިފައެވެ. އެއީ އޭނާ ދިރިއުޅެމުން އަންނަ އެޕާޓްމަންޓު ހުންނަ ފަންގިފިލާއެވެ.

އެ އިމާރާތުން ވެއްޓި، އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހަރަކާތެއް ނެތްކަން އެނގިފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އިތާ ގޯޅީގައި ވެއްޓިފައި އޮތް މީހަކު މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް، ފަރުވާދެމުން އަންނަ ކަމަށާއި އެމީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 1:00 ހާއިރު ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މާލޭގެ ގެއެއްގެ މަތިން ވެއްޓިގެން މީހަކަށް ފަރުވާދެމުން އަންނަ އިރު، ރޭ ދަންވަރު ހުޅުމާލޭ ނިރޮޅު މަގު ހަ ނަމްބަރު ގޯޅީގައި އަނިޔާތަކަކާއެކު ވެއްޓިފައި އޮތް 21 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން އަދި އައިޖީއެމްއެޗުން ހާމަކޮށްފައެއް ނުވެއެވެ. އޭނާ ވެއްޓިފައިވަނީ ހުޅުމާލޭގައި ހުންނަ ގެސްޓް ހައުސަކުން ކަން މައުލޫމާތު ލިބެއެވެ.