ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމަށް މިދިޔަ މަހުގައި ހުޅުވާލި ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޯސްޓް ކުޑަ ކުރަން ސަރުކާރުން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކޮށްފައިވާ އިއުލާންގައިވާ ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޯސްޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"މިވަގުތު ދުނިޔޭގެ އިންވެސްޓްކުރުމުގެ މާހައުލަށް ރިއާޔަތްކޮށް، އިއުލާނުގައި ބަޔާންކުރެވިފައިވާ ރަށްތަކުގެ އެންމެ ކުޑަކޮށް ހުށަހެޅޭ ލީޒް އެކުއިޒިޝަން ކޯސްޓް އިސްލާހުކުރެވިފައިވާ ވާހަކަ ދެންނެވިން،" މިނިސްޓްރީން ބުންޏެވެ.

  • ހއ. ވެލިފިނޮޅު - 420،000
  • ހއ. އަލިދުއްފަރުފިނޮޅު - 350،000
  • ހދ. ކުޑަފަރުފަސްގަނޑު - 210،000
  • މ. ސީދީހުރާ - 875،000
  • މ. ސީދީހުރާ ވެލިގަނޑު - 875،000
  • މ. މާއުސްފުށި - 1،575،000
  • ތ. ކާއްޑޫ 700،000
  • ތ. ކަނިމީދޫ (އުތުރުފަރާތުން 10 ހެކްޓަރު) - 1،050،000
  • ތ. އޮޅުފުށި - 700،000
  • ތ. އޮޅުފުށިފިނޮޅު - 700،000
  • ލ. ކަށިދޫ - 700،000
  • ލ. ބޮޑުމުންޔަފުށި - 700،000
  • ލ. ދޮންބެރަހާ - 525،000
  • ލ. ހޮޅުރަހާ - 525،000
  • ގއ. މާރެހާ - 1،400،000
  • ގއ. ފުނަދޫވިލިގިއްލާ - 700،000
  • ގދ. ކަނޑަހަލަގަލަ - 875،000
  • ގދ. ކަޑެވާރެހާ - 700،000
  • ގދ. ދިގުރެހާ - 700،000
  • ގދ. ފެރޭތަވިލިގިއްލާ (ކްލަސްޓާ) - 700،000
  • ގދ. ދެކާނބާ - 700،000
  • ގދ. ކޮޑެރަޓާ - 700،000