އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު 'ވަން' އަށް ވިދާޅުވީ، އަބްދުއްރަހީމް އާއި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިއަދު ކަމަށާއި ދެ ބޭފުޅުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.
ދެ ބޭފުޅުން ވެސް ކަރަންޓީނުވެ ހުންނެވީ ގޭގައި ކަން ހީނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެސް ވަނީ އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު