ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވުމަށް ފަހު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު މޫމިނާ ހަސަންފުޅު ބަލިން ފަސޭހަވެ އެނބުރި ގެއަށް ވަޑައިގެންފިއެވެ.
އުމުރުފުޅުން 77 އަހަރުވެފައިވާ ރައީސް ސޯލިހުގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދޭން ފަށާފައިވަނީ މި މަހުގެ ކުރީކޮޅުއެވެ. އަދި ބަލިން ފަސޭހެ އެނބުރި ގެއަށް ބަދަލުކޮށްފައިވަނީ އިއްޔެއެވެ.
ރައީސް ސޯލިހުގެ މަންމާފުޅު އެނބުރި ގެއަށް ވަޑައިގަތުމުން، ދައްތާފުޅު އައިޝަތު މުހައްމަދު ސޯލިހު ވަނީ ހެޔޮދުއާ ކޮށްދެއްވި އެންމެހައި ފަރާތްތަކާއި ރަހުމަތްތެރިންނަށް އާއިލާގެ ފަރާތުން ޝުކުރު ދަންނަވައިފައެވެ. އަދި ރައީސް ސޯލިހާއި ފަސްޓްލޭޑީ ފަޒްނާ އަހްމަދާއި އާއިލާގެ އެހެން މެންބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ވެސް އައިޝަތު މުހައްމަދު ސޯލިހު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މީގެ ކުރިން ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ކޮވިޑަށް ޕޮޒިޓިވްވިއެވެ. ނަމަވެސް، އެކަމަނާ ވަނީ ބަލިން ރަނގަޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު