އއ. އަތޮޅުގައި ފަތުރުވެރިންތަކެއް ގޮވައިގެން އެކްސްކާޝަންއަކަށް ނުކުމެ އުޅުނިކޮށް ޑިންގީއެއްގައި އަލިފާން ރޯވެ ތިން މީހަކު ފިހިއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ތިން މީހުން ފިހުނު ނަމަވެސް އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7:30 ގައި ކަމަށާއި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ޑިންގީ ދުއްވަން އިން މީހާއަށާއި ދެ ފަތުރުވެރިންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު