އެންދަމަން އޮތް ދޯންޏެއްގެ ތެރޭގައި ދެ ބިދޭސީއެއްގެ ދެމެދު މާރާމާރީ ހިންގައި އެކަކު މަރާލި މައްސަލައިގައި އިތުރު ބިދޭސީއެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
މިދިޔަ މާޗު މަހުގެ ހަތް ވަނަ ދުވަހު ދ. މީދޫ "ޖިހާދު" ދޯނީގައި ހިންގި އެ މާރާމާރީގައި ވަޅިން ހަމަލާދީ މަރާލާފައި ވަނީ ބަންގްލަދޭޝް މީހެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށް ދައުވާ ކުރުމަށް މިމަހުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރަނީ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިއަދު 12 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ނަމަވެސް، އަޑުއެހުން ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ފުލުހުންނަށް އޭނާ ކޯޓަށް ނުގެނެވުމުގެ ސަބަބުން އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
އެކަމުގެ ސަބަބުން ކޯޓުން ވަނީ ފުލުހުން 250 ރުފިޔާއިން ޖޫރިމަނާކޮށް، މާދަމާ ހެނދުނު 9:00 ޖަހާއިރު އިތުރު އަޑުއެހުމެއް ތާވަލުކުރަން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު