ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.
މެރިން ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގީ މިރޭ 8:20 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓް ހިނގީ ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން ދަތުރުކުރަމުން އައި ލޯންޗަކާއި ދޯންޏެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި ދޯނީގެ ކެޕްޓަނަށް އަނިޔާވެ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން މެރިން ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި މެރިން ފުލުހުންގެ ޓީމެއް އަންނަނީ އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު