ފުވައްމުލަކުގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި މީހާ އިތުރު ފަރުވާއަށް އައްޑޫ ސިޓީއަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު މިއަދު "ވަން" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން އަނިޔާވި މީހަކު މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ސައީދު ވިދާޅުވީ އަނިޔާވެގެން ފަރުވާދެމުން އަންނަނީ އުމުރުން 19 އަހަރުގެ މީހަކަށް ކަމަށެވެ. އަދި އޭނާގެ ކަންފަތް ކައިރިއަށް ހަމަލާ ދިނުމުގެ ސަބަބުން ނާރަކަށް ގެއްލުން ލިބިފައިވާ ކަމަށް ޑޮކްޓަރަށް ފެންނާތީ އިތުރު ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔުމަށް ލަފާ ދީފައިވާ ކަަމށް ވިދާޅުވި އެވެ.
އެހެން ކަމުން އޭނާ އައްޑޫއަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި މާރާމާރީއާ ގުޅިގެން ފުލުހުންގެ ބަހެއް މިހައިތަނަށް ލިބިފައެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު