މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މީޑިއާ އޮފިސަރު މޭޖަ އިބްރާހިމް އާޒިމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އާޒިމް މިއަދު "ވަން" އަށް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ނޭފަތް ބެދި ކިނބިހި އެޅޭތީ، މިއީ ބަލީގެ އަލާމާތް ކަމަށް ނިންމަވައި އިއްޔެގެ ވަގުތެއްގައި ޓެސްޓު ކުރެއްވި ކަމަށެވެ. އަދި ނަތީޖާ ޕޮޒިޓިވް ވެފައިވުމުން މިވަގުތު ހުންނެވީ ކަރަންޓީނުގައި ކަމަށްވެސް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މިވަގުތު ހާލު ރަނގަޅުކަމަށެވެ.
ރާއްޖެގައި ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުންދާއިރު މިހާތަނަށް މިބަލީގައި 100 މިހުން ވަނީ މަރުވެފަ އެވެ.
ޚަބަރު
ޚަބަރު