ތ.ގުރައިދޫގައި ބިދޭސީން ހިންގި ހަމަނުޖެހުމެއްގައި ބަންގްލަދޭޝަށް ނިސްބަތްވާ ޝާހު އާލަމް މަރާލި މައްސަލާގައި އެނާއަށް ހަމަލާދިން ބަންގްލަދޭޝްގެ ބާބުލް މިއާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނީ މިއަދު 10:00 އަށެވެ.

އެ މައްސަލައިގައި ބާބުލް މިއާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރުގެ މެއި 21 ވަނަ ދުވަހު ޝާހު އާލަމް އަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ތ.ގުރައިދޫ ކަންޑަރު ސަރަހައްދުގައި ހުރި ސައިޓެއްގެ ތެރޭގައި ފުން ޒަހަމްތަކަކާއެކު އޭނާ މަރުވެފައިވަނީ ޝާހު އާލަމްއާ ބާބުލް މިއާ އާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރޭގައިކަމަށް ފުލުހުންވަނީ ބުނެފައެވެ.