ހޯމް ކަރަންޓީން ނުނިމެނީސް، ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ފުލުހުން ބުނީ، ގއ. ވިލިނގިލީގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު، ކަރަންޓީނުގެ އުސޫލާ ހިލާފަށް މި މަހުގެ 11 ވަނަ ދުވަހު ކޯޓަށް ގޮސް ކައިވެނިކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން އެ ދެ މީހުން 10،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
"ކަރަންޓީނާ ހިލާފަށް ކައިވެނި ކުރި ދެ މީހަކު. އެ ދެ މީހުންގެ ތެރެއިން ކޮންމެ މީހަކު ވަނީ 10،000 ރުފިޔާއިން ޖޫރިމަނާކޮށްފައި،" ފުލުހުން ބުންޏެވެ.
ކަރަންޓީނާ ހިލާފަށް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހަކު ޖޫރިމަނާކޮށްފައިވާ އިރު، އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެއްގެ ކޮންޓެކްޓުންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މިއަދު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ނަމަވެސް ކަރަންޓީނާ ހިލާފަށް ކޯޓަށް ގޮސް ކައިވެނިކުރި ދެ މީހުންނާއި މި ކޭސްތަކާ ގުޅުމެއްވާ ކަމެއް ސާފެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު