އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލު މެދުވެރިކޮށް ސާފުކުރަމުން ގެންދިއުމަށް އެކުންފުނިން އެދެފިއެވެ.
އެމްޓީސީސީން ބުނީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ކަނޑުގަދަ ވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައި ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެެވެ.
އެމްޓީސީސީން އިތުރަށް ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލު އައުން އެކަށީގެން ވާ ކަމަށެވެ.
އެހެންކަމުން އެއްރަށުން އަނެއްރަށަށް މުދާ ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން ދުރާލައި އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފު ކުރެއްވުމަށް އެމްޓީސީސީން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު