މީގެ މަހެއްހާ ދުވަސް ކުރިން ގެއްލުނު ޒުވާނަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ ހދ. ނޮޅިވަރަންފަރު/ މޯނިން ސަން، މިސްބާހު މުހައްމަދު ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ފުލުހުން ބުނީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 3322111 އަދި 9631696 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު 'ވަން' އަށް ބުނީ، އޭނާ މީގެ ކުރިން ދިރިއުޅެމުން ދިޔައީ އެ ރަށުގައި ކަމަށާއި މާލެ ގޮސްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ކަމަށެވެ.
"ދޭތެރެއަކުން އެހެން ކަންނެއްޏަށް ގޮސްލާ އުޅޭނެ. ދެން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުވެސް ކޮށްފައި ހުރި ކުއްޖެއް އެއީ،" އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އޭނާ ގެއްލިގެން އުޅޭތާ ދުވަސްތަކެއް ފަހުން ފުލުހުންނަށް އެކަން އެންގީ އާއިލާއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު