މޮރީޝިއަސް ކައިރިއަށް 6.7 މެގިނިއުޓްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނީ، އެ ބިންހެލުން އައިސްފައިވަނީ މޮރީޝިއަސް ސަރަހައްދުގެ ކަނޑުގެ 6.2 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.
ބިންހެލުން އައިސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:05 ގައެވެ. އެ ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާ 2،510 ކިލޯމީޓަރު ދުރުންނެވެ.
މެޓުން ބުނީ، އެ ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު