މާލެއިން ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ އާމިނަތު ހުމައިނާ ޒަކަރިއްޔާ، 21 ކަމަށެވެ. ފުލުހުން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ހުމައިނާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވާ ކަމަށް ބުންޏެވެ. ފުލުހުން ބުނީ، ހުމައިނާ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށެވެ.
އަދި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު