ފޯމިއުލާ ކާރުތަކުގެ އެންމެ މަތީ ފަންތީގެ ރޭސް، "ފޯމިއުލާ ވަން"ގެ ރޭހެއް ބެލުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ހަރަދުކޮށްފައިވާކަން ހިޔާނާތުގެ ލިސްޓުން ދައްކައިފިއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.
ލިސްޓުގައިވާ ގޮތުން ސިންގަޕޫރުގައި ބޭއްވި ފޯމިއުލާ ވަންގެ ރޭހެއް ބަލަން ދިއުމަށް 115،855 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ނަމަވެސް އެ ހަރަދުކޮށްފައިވާ މީހުންގެ ނަންތައް ފާހަގަކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި މިނިވަން މުއައްސަސާތަކުގެ ކުރީގެ މެންބަރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު