އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް، ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހިދުމަތްތައް ހޯދުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އުރީދޫން ބުނީ ކޮވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާ ހިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށާއި ހިދުމަތްތައް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ.

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ހިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ކަސްޓަމަރުންނަށް އޮންލައިންކޮށް ލިބޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

  • ޕްރިޕެއިޑް ރިޗާޖްކުރުން
  • އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
  • އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
  • އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
  • 24 ކަސްޓަމާ ސާވިސްގެ ހިދުމަތް ލިބުން
  • ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫން ބުނީ އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށްވެސް ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ބިލުތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ހިދުމަތްތައް އެ ސެންޓަރުތަކުން ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ވަނީ ގާއިމުކުރެވިފައިވެއެވެ.

  • އުރީދޫ ޑިޖިޓަލް ސެންޓަރު، ބޮޑުތަކުރުފާނު މަގު، މާލެ
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، 5-6 ނިރޮޅު މަގު، ހުޅުމާލެ
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، ފެންފުވައް މަގު، މަދަދު، ފުވައްމުލަކު ސިޓީ
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، އަމީނީ މަގު، ކުޅުދުއްފުށި ސިޓީ
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، ލިންކް ރޯޑް (ރީޖަނަލް ހޮސްޕިޓަލް ކުރިމަތި)، ލ. ގަން
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، ޝަމްސުއްދީން ބޮޑުފަޑިވާރު، ތަކުރުފާނު މަގު، އައްޑޫ ސިޓީ ހިތަދޫ
  • އުރީދޫ އެކްސްޕީރިއަންސް ސެންޓަރު، ރަންނަބަނޑޭރި މަގު، ގދ. ތިނަދޫ

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެން ނެތް ހިދުމަތެއް ހޯދުމަށް [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.