ގދ. ތިނަދޫން 17 މީހަކު ޕޮޒިޓިވްވެ، އެ ރަށުން ކޮވިޑު ޖެހުނު މީހުންގެ އަދަދު 61 އަށް އަރައިފިއެވެ.
ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު މިރޭ "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެރަށުން މިއަދު ރެކޯޑް މިންވަރަކަށް މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް 17 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވިއެވެ.
އޮފިސަރު ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކުވެސް ހިމެނޭ ކަމަށާއި އޭނާ އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަމަވެސް ވިހާ ދުވަސް ޖެހިފައިވުމުންނާއި ހާލަތަށް ވިސްނާފައި މާދަމާ ސިޒޭރިއަން ހަދަން ނިންމާފައިވާ ކަމަށެވެ.
ތިނަދޫން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 61 އަށް އަރާފައިވާ އިރު، މި ބަލީގައި ފެސިލިޓީއަށް ގެނެސް ފަރުވާދޭ އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ތިނަދޫގައި މީގެ ކުރިން ރައްކާތެރިކަމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތައް ވަނީ އަޅައިފައެވެ. ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު