ޔޫޓިއުބް ތަރި ރާހުލް ވޯރާ ކޮވިޑު ޖެހިގެން އެހީއަށް އެދި އާދޭސްކުރަމުން ދަނިކޮށް މަރުވެއްޖެއެވެ.
ރާހުލް އެންމެ ފަހުން ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި އޭނާގެ އޮކްސިޖަން ދަށް ވާތީ ރަނގަޅު ފަރުވާއަކަށް އެދި އާދޭސްކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މަނީޝް ސިސޯޑިއާ އަށް ޓެގު ކޮށްފައިވެސް ވެއެވެ.
ރާހުލް ކޮށްފައިވާ ޕޯސްޓުގައި އޭނާއަށްވެސް ރަނގަޅު ސިއްހީ ހިދުމަތް ލިބޭ ނަމަ ސަލާމަތް ވާނެކަމުގައި ބުނެފައިވެއެވެ. ހުރިހާ ހިތްވަރެއް ގެއްލިއްޖެ ކަމުގައި ބުނަމުން އެޑިމްޓުކޮށްފައިވާ ހޮސްޕިޓަލުގައި އޭނާގެ ހާލަތު ހުރި ގޮތްވެސް ހިއްސާކޮށްފައި ވެއެވެ.
35 އަހަރުގެ ރާހުލް ވޯރާ ވަނީ ނެޓްފްލިކްސްގެ ފިލްމު އަންފްރީޑަމްގައި ފެނިގެން ގޮސްފައެވެ. ފޭސްބުކްގައި 2 މިލިއަނާ ގާތަށް އޭނާގެ ފޮލޮވަރުން ތިބިއިރު، ތަފާތު ވީޑިއޯތަކާއި ސްކްރިޕްޓުތައް އޭނާ ވނީ ތައްޔާރުކުރަމުން އައިސްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން