އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު އޮޅުން ފިލުވައި އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާ މައްސަލައިގައި އިތުރު މައުލޫމާތު އޮޅުން ފިލުވުމަށް އެސެޓް ރިކަވަރީ ކޮމިޝަން ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފިއެވެ.
ބޮޑު ހިޔާނާތުގެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާ މައްސަލަ ބަލަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އެކުވެގެން އުފައްދާފައިވާ ކޮމިޓީއަކުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ،
އެސެޓް ރިކަވަރީ ކޮމިޝަނުން އެ ކޮމިޓީއަށް ދީފައިވާ ބޮޑު ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ސިއްރުކަން ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އޭގެ ތެެރެއިން އެއްވެސް ފަރާތެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން ގެއްލުމެއް ނުވަތަ އަދަބެއް ލިބިގެން ދިއުމަކީ އިންސާފު ކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށާއި އަދި އެ މައުލޫމާތުތަކަކީ މިހާރުވެސް ހިނގަމުންދާ ތަހުގީގުތަކަކާ ގުޅުން ހުރި މައުލޫމާތުތަކަކަށް ވެފައި އޭގައި ހިމެނޭ ގިނަ ފަރާތްތަަކަކީ ހެކި ހޯދުމުގެ މަރުހަލާގައި ހުރި މައްސަލަތައް ކަމުން އެ މައުލޫމާތުތައް އާންމުވުމަކީ ތަހުގީގަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ކޮމިޝަނުން ބުނެފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި އިތުރަށް ވިދާޅުވީ، އެ މައުލޫމާތުތައް ބޭނުން ނުކުރުމަށްވެސް ކޮމިޝަނުން އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
އެ ވާހަކަތަކާ ގުޅިގެން އެ ކޮމިޝަނުން އެދިފައިވާ ގޮތަށް ސިއްރު ހިފެހެއްޓުން މުހިންމުކަން ފާހަަކުރައްވައި، އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. އެގޮތަށް ކޮމިޓީ ބައްދަލުވުން ސިއްކުރަން ނިންމީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު