އަފްގާނިސްތާނުގެ މީޑިއާތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އެމެރިކާއިން ގޮވާލައިފިއެވެ.
އެމެރިކާއިން އަފްގާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ރޮސް ވިލްސަން މިގޮތަށް ގޮވާލެއްވީ އަފްގާނިސްތާނުގެ ކަންދަހަރު ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު މަޝްހޫރު ނޫސްވެރިޔާ ނީމަތް ރެވާން މަރާލުމާ ގުޅިގެންނެވެ.
އެގައުމުގެ ލީޑިން ބްރޯޑްކާސްޓަރު, ޓޯލޯ ނިއުސްގެ އެންކަރު އަދި އަފްގާނިސްތާނުގެ ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލެއްގެ ގޮތުގައިވެސް މަސައްކަތް ކުރާ ނީމަތްގެ ގަޔަށް ބަޑި ޖަހައި މަރާލީ އެގައުމުގެ ނޫސްވެރިންނަށް ތާލިބާނުން އިންޒާރު ދިންތާ އެއް ދުވަސް ފަހުންނެވެ. އޭނާއަށް ހަމަލާދިން މީހާ އަދި ދެނެގަނެވިފައެއް ނުވެއެވެ.
އެ ހަމަލާ ކުށްވެރިކޮށް ވިލްސަން ވިދާޅުވީ, އަފްގާނިސްތާނުގެ ނޫސްވެރިންނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ނީމަތްގެ އާއިލާއަށް އޭނާ ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ.
އަފްގާނިސްތާނުގެ މީޑިއާތަކަށް އިންޒާރު ދީ ތާލިބާނުންގެ ތަރުޖަމާން ޒަބުالله މުޖާހިދު މިދިޔަ ބުދަ ދުވަހު ވަނީ އަފްގާނިސްތާނުގެ ނޫސްވެރިން އެގައުމުގެ އިންޓެލިޖެންސް އެޖެންސީތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ކާބުލްގެ ސަރުކާރުގެ ޕްރޮޕެގެންޑާ ހަތިޔާރަކަށް ނުވެ މިނިވަންކަމާއެކު ހަބަރާއި މައުލޫމާތު ގެނެސްދޭން ސަމާލުވާންޖެހޭނެ ކަމަށް ބުންޏެވެ.
ތާލިބާނުން މި އިންޒާރު ދީފައި މިވަނީ, އެފްގާނިސްތާނުން އެމެރިކާގެ ސިފައިން ފައިބަން ފަށައި, އެގައުމުގައި ހަމަނުޖެހުން އިތުރުވެފައިވަނިކޮށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ