ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން އެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މިއަދު 15:50 ގައެވެ.

ފުލުހުން ބުނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށެވެ.

ފުލުހުން ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ، ތުހުމަތު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ފުލުހުންނާއި ސިފައިން ތިބީ، ތައްޔާރީ ހާލަތުގައި ކަމަށެވެ. އެ ހަމަލާއަށް ފަހު ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.