ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައިޖީއެމްއެޗް އީއާރަށް ގެނައި އުމުރުން 83 އަހަރުގެ ދިވެހި އަންހެނަކު މިރޭ 23:15 ގައި މަރުވެފައިވާ ކަމަށެވެ. މިއީ ކޮވިޑު ޖެހިގެން މިއަދު މަރުވި ތިން ވަނަ މީހާއެވެ.

މިއަދު ހެނދުނު ކ. މާފުށި ކަރަންޓީނުގައި ހުރި ބަންގްލަދޭޝް ފިރިހެނަކާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ.

މި ތިން މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 72 ދިވެހިންނާއި 11 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ އަށް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ ދެ މީހެކެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.