ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 82 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރު 2:46 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ކޮވިޑު ޖެހިގެން މިއަދު މަރުވި ދެވަނަ މީހާއެވެ. މިއަދު ހެނދުނު ކ. މާފުށި ކަރަންޓީނުގައި ހުރި ބަންގުލަދޭޝް ފިރިހެނެއްވެސް ވަނީ ކޮވިޑުގައި މަރުވެފައެވެ. އެއީ އުމުރުން 37 އަހަރުގެ މީހެކެވެ.
މި ދެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 71 ދިވެހިންނާއި 11 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު