ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ސިފައިންގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރިން ދިން އެ ހަމަލާގައި ސައިކަލެއް ވަނީ ގޮވާފައިވާ އިރު، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ބޮޑީގާޑަށް ވެސް ވަނީ އަނިޔާވެފައެވެ. އަދި އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.
އޭޑީކޭ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ "ވަން"ގެ ނޫސްވެރިޔާ ބުނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި އެމްއެންޑީއެފްގެ އިސްވެރިން އޭޑީކޭއަށް ވަޑައިގެންނެވި ވަގުތު، ރައީސް ނަޝީދުގެ ސަޕޯޓަރުން އެބޭފުޅުންގެ އިސްތިއުފާއަށް ގޮވައި އަޑުގަދަކޮށްފައިވާ ކަމަށެވެ.
އޭޑީކޭ ސަރަހައްދުގައި މިހާރު ސެކިއުރިޓީ ވަރުގަދަކޮށް، ހޮސްޕިޓަލަށް ވަނުން ވެސް ވަނީ މަނާކޮށްފައެވެ. އޭގެ އިތުރުން ކެނެރީގޭ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަޖިލީހުގެ އެ ހަމަލާއަށް ފަހު މީޑިއާ ޑިރެކްޓަރު "ވަން" އަށް ވިދާޅުވީ ރައީސް ނަޝީދު މިހާރު ހުންނެވީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ. މިހާރު އޮޕަރޭޝަނެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޚަބަރު
ޚަބަރު