ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްގެން ރާއްޖެ އަށް ދަތުރުކުރުމަށް އެމެރިކާ އިން މިއަދު އަންގައިފިއެވެ.

އެމެރިކާގެ ސެންޓާސް ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ނެރުނު ޓްރެވަލް ނޯޓިސްގައި ބުނެފައި ވަނީ ރާއްޖެ މިވަގުތު އޮތީ ކޮވިޑް-19ގެ ލެވެލްގެ އެންމެ ނުރައްކާ ހާލަތުގައި ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ދަތުރު ނުކުރުމަށް ވަނީ އަންގާފައިވެއެވެ.

އަދި ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާ އިރު ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ކޮވިޑް-19 ޖެހުމުގެ ފުރުސަތު އަދި ވޭރިއަންޓެއް ފެތުރުމުގެ ބިރު އެބަ އޮތް ކަމަށް ނޯޓިސްގައި ބުނެފައިވެއެވެ.

އެހެންކަމުން ސީޑީސީން ވަނީ ރާއްޖެއަށް ދަތުރުކުރާ އިރު ވެކްސިން ޖަހައިގެން ދަތުރުކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަންގައިފައެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނިދުއުމަށްވެސް އަންގާފައިވެއެވެ.

ރާއްޖޭގެ ހާލަތު މިހާރު ވަނީ މީގެ ކުރިން ދުވަހަކުވެސް ގޯސް ނުވާ ހިސާބަށް ގޮސްފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްފައިވެއެވެ. އަދި މިއަދު އެކަނިވެސް އެބަލީގައި ތިން މީހަކު ވަނީ މަރުވެފައެވެ.