އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންގެ ފުރާނައަށް އިހުތިރާމް ކުރުމަށް ތަންތަނަށް އެއް ނުވުމަށް އާދޭސް ދަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މޫސަ މި ގޮތަށް ވިދާޅުވެފައިވަނީ ކޮވިޑު ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ.

މޫސަ ކުރެއްވި ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ވެރިން ބޭނުން އިންތިހާބުވެސް ބޭއްވިއްޖެެ ކަމަށެވެ. މުޒާހަރާވެސް ކުރެވިއްޖެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޖޯކަކަށް ހަދައި ރައްޔިތުންގެ ކުރިމަތީގައި އަގު ވައްޓާވެސްލެެވިއްޖެ ކަމަށެވެ.

އެހެން ކަމުން އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންގެ ފުރާނައަށް އިހުތިރާމު ކުރުމަށް ތަންތަނަށް އެއް ނުވުމަށް އާދޭހާއެކު ދަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު އިއްޔެ އެކަނިވެސް މުޅި ރާއްޖެއިން 700 އަށްވުރެ ގިނަ މީހުން ވަނި ޕޮޒިޓިވް ވެފަ އެވެ.