ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާއިޝަތު ރަޝީދު އަދި އެ މިނިސްޓްރީގެ ނައިބުގެ މަގާމަށް އަބްދުއްޝުކޫރު އަބްދުލްހަކީމް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ދަށުން އެ މަގާމުތަކަށް އެ ދެބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށެވެ،
މީގެ ކުރިން އައިޝަތު ރަޝީދު ހުންނެވީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. އަބްދުއްޝުކޫރު ހުންނެވީ އެ މިނިސްޓްރީގެ ނައިބުކަމުގެ މަގާމުގައެވެ.
އެ ދެބޭފުޅުން ހެލްތު މިނިސްޓްރީގެ އިސް މަގާމުތަކަށް އައްޔަން ކުރައްވާފައިވާ އިރު، އެ މިނިސްޓްރީގެ ނައިބުކަމުގެ މަގާމުގައި ތިއްބެވި ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު އިއްޔެ ވަނީ އެ މަގާމުތަކުން ވަކިކޮށްފައެެވ.
އެ ދެބޭފުޅުން މަގާމުން ވަކި ކުރީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެންނަން، ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކުރުމުގައި ކޮރަފްޝަން ހިމެނޭ މައްސަލައާ ގުޅިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑް ކޮށްފައި ބޭތިއްބުމަށްފަހުގައެވެ.
މުސާރަ ލިބޭ ގޮތަށް އެ މީހުން ސަސްޕެންޑް ކޮށްފައި ތިބީ 17 އޮގަސްޓް 2020ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު