ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.
ފުލުހުން ބުނީ ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައި ހުރި ބިދޭސީއެއް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އަމިއްލައަށް މަރުވެފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރެވި، އެ އިދާރާތަކުންނާއި ފުލުހުން އެ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެނގިފައިވާ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް މިހާރު ވަނީ އެ މައްސަލައިގެ ތަހުގީގު ފަށައިފައެވެ. އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު