އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ދެވަނަ ރާޅާއެކު އެގައުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާތީ، އެގައުމަށް އެހީތެރިވުމުގެ މަސައްކަތް ބޮލީވުޑްގެ ތަރިން އަންނަނީ ކުރަމުންނެވެ. މީގެ ތެރެއިންވެސް ޕްރިޔަންކާ ޗޯޕްރާ ކުރަމުން އަންނަ މަސައްކަތްތަކަށް ލިބެމުން އަންނަ ސަމާލުކަން ބޮޑެވެ.
އެގޮތުން ޕްރިޔަންކާ ޗޯޕްރާ އަދި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވަނީ މިހަފުތާގެ ކުރީކޮޅު ގިވް އިންޑިއާއާ ގުޅިގެން ''ޓުގެދާ ފޮ އިންޑިއާ''ގެ ނަމުގައި ފަންޑު ހޯދުމުގެ ހަރަކާތެއް ފަށައިފައެވެ.
މި ހަރަކާތުގައި ބައިވެރިވެ އެހީތެރިވެދިނުމަށް ޕްްރިޔަންކާ ދަނީ މެދުކެނޑުމެއް ނެތި އޭނާގެ ސަޕޯޓަރުންގެ ކިބައިން އެދެމުންނެވެ. މިހާތަނަށް އެ ފަންޑަށް 500،000 އެމެރިކާ ޑޮލަރު ލިބިފައިވާ އިރު، ޕްރިޔަންކާގެ މި މި މަސައްކަތް ދުނިޔޭގެ އެތައް ފަންނާނުންނެއް ދަނީ އެއްބާރުލުން ދެމުންނެވެ.
އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ކެމީލާ ކަބެއޯ، ކޭޓީ ޕެރީ، އޯލޭންޑޯ ބްލޫމް ފަދަ ތަރިން މިކަމަށް އެހީތެރިވުމަށް އެމީހުންގެ ސަޕޯޓަރުންގެ ކިބައިން ދަނީ އެދެމުންނެވެ. އަދި އެހަރަކާތަށް އެއް މިލިއަން ޑޮލަރު ހޯދައިދިނުމަށް ޖޭ ޝެޓީ ކުރިއަށް ގެންދާ ހަރަކާތުގައި ޝޯން މެންޑެސް ވަނީ ބައިވެރިވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން