ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖެއިން ފުރުވާލި މައްސަލަ ތަހުގީގުކޮށް، އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ މައްޗަށް ދައުވާ ކުރަން ފުލުހުންނަށް އަންގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޓްރީޓޮޕް ގައި އެޑްމިޓު ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެކަން ކުރި ފިރިހެން ނަރުސް މީހާ ރާއްޖެއިން ފުރުވާލުމަށްފަހު ކަމަށް ބުނެ ދުވަހު ނޫހަކުން މިއަދު ރިޕޯޓު ކޮށްފައި ވެއެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ރާއްޖޭގައި ނެތުމުން އޭނާ ތަހުގީގަށް ހާޒިރުކޮށް މައްސަލަ ބެލޭނެ ގޮތެއް ނެތުމުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ހަބަރާއެކު ޕީޖީ ހުސެއިން ޝަމީމު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލަ ފައިލް ކުރިއިރު، އެކަން ހިނގައިދިޔަ ގޮތް ބަލައި، ހޮސްޕިޓަލްގެ މެނޭޖްމެންޓުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ މައްސަލަ ތަހުގީގުކޮށް ދައުވާކުރަން ފޮނުވުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް