އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން މިއަދު ކުރިއަށް ގެންދިޔަ އިރު ނ. މަގޫދޫގައި އިންތިހާބުގެ ތިންވަނަ ބުރެއް ބާއްވަން ޖެހިއްޖެއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރެއް މިއަދު ބާއްވާފައިވަނީ ނ. މަގޫދު އާއި ރ. މާކުރަތާއި ބ. ކެންދު އާއި ހއ. އުލިގަމާއި ވ. ފުލިދޫގެ އިތުރުން ލ. ކަލައިދޫގައެވެ.
މަގޫދޫގައި ދެވަނަ ބުރެއް ބާއްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މާޖިދާ ހަސަން އާއި އެމްޑީޕީގެ ކެންޑިޑޭޓް ސައީދާ ހާރޫނަށް ލިބުނު ވޯޓު އެއްވަރު ވެގެންނެވެ. މިއަދު ކުރިއަށް ގެންދިޔަ ދެވަނަ ބުރުގައިވެސް އެ ދެ ކެންޑިޑޭޓުންގެ ވޯޓުވީ އެއްވަރެވެ.
އެގޮތުން، މަގޫދޫގައި ބެހެއްޓި ފޮށިން މާޖިދާއަށް ލިބިފައިވަނީ 87 ވޯޓެވެ. ސައީދާ އަށް ލިބިފައިވަނީ 69 ވޯޓެވެ. މާލޭގައި ދިރިއުޅޭ މަގޫދޫ މީހުން ވޯޓުލުމަށް އިސްކަންދަރު ސްކޫލުގައި ބެހެއްޓި ފޮށިން ސައީދާއަށް 26 ވޯޓު ލިބުނު އިރު، މާޖިދާއަށް ލިބުނީ އަށް ވޯޓެވެ. އެހެންކަމުން އެ ދެ ކެންޑިޑޭޓުންނަށްވެސް ޖުމުލަ ލިބުނީ 95 ވޯޓެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އިންތިހާބުގައި ބައެއް ދާއިރާތަކަށް އިންތިހާބު ކުރަަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވުމުން، އިންތިހާބުގެ ބަައި އިލެކްޝަން އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު