ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 74 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ 39 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
މިރޭގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 65 ދިވެހިންނާއި ނުވަ ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ ހަތް މީހަކާއި ފިލިޕީންސް މީހެއް އަދި އިންޑިއާ މީހެކެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު