ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖު) ކަނޑައެޅުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ހުއްޓާ ނުލާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރައްމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު މިހެން ވިދާޅުވި އިރު، މި ހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ދޭންޖެހޭ ގޮތަށް ވަޒީފާއާބެހޭ ގާނޫނު މިދިޔަ އަހަރު ވަނީ އިސްލާހު ކޮށްފައެވެ.
ވަޒީފާއާބެހޭ ގާނޫނުގެ 62 ވަނަ މާއްދާގެ (ބ) ގައި ބުނެފައި ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދޭތާ ގިނަވެގެން ތިރީސް ދުވަހުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ، މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާ ދޭ ފަރާތްތަކުން އަމަލު ކުރަންވޭނެ ކަމަށެވެ.
ރައީސް ނަޝީދުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބިދޭން ޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެކަންވެސް ހަމަޖައްސާފައިވަނީ ހުސްވި އަހަރު ވަޒީފާގެ ގާނޫނަށް ގެނައި އިސްލާހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު