އުސޫލާ ހިލާފަށް ކުޅުދުއްފުށީ ސިޓީއަށް ދިޔަ ފުލުހަކު ކަރަންޓީނުވުމަށް އަންގައި ޖޫރިމަނާކޮށްފިއެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް "ވަން" އަށް މިއަދު ވިދާޅުވީ އެޗްޕީއޭގެ އުސޫލާ ހިލާފަށް އިއްޔެ އެރަށަށް ދިޔަ މީހަކު އެއާޕޯޓުން ހިފަހައްޓައި ކަރަންޓީން ވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެމީހާއަކީ ފުލުހެއް ކަމަށްވެސް ވިދާޅުވިއެވެ.
ކޮވިޑު ބަލި ފެތުރެމުންދާ ރަށަކުން އެހެން ރަށަކަށްދާނަމަ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހެއެވެ. އަދި ހެލްތު މިނިސްޓްރީގެ ޕޯޓަލްގައި ރެޖިސްޓްރީވެ، ދާ ރަށެއްގެ ކައުންސިލަށް އެކަން އަންގައި ކަރަންޓީނުވާ ތަންވެސް އަންގަންޖެހެއެވެ. މި އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާކުރެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އުސޫލާ ހިލާފަށް ކުޅުދުއްފުއްޓަށް ދިޔަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އޭނާ މިވަގުތު ހުރީ ކަރަންޓީނުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު