އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖުގައި އެ އުޅަނދު ބޭއްވުމަށް ހުށަހަޅާ ލިޔުން ކަމުގައިވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ވޯޓު ދިނުމަކީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުންގެ ފެއިލްވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
އެއްްގަމު އުޅަނދު ރަޖިސްޓްރީ ކުރަން، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.
ނަމަވެސް އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން ބިލު ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ.
އެ ބިލުުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބޮންޑޭ ވިދާޅުވީ، އެ އިސްލާހަކީ، ގަރާޖު ސިޓީ ވިއްކައިގެން ހިންގި ކޮރަޕްޝަނާއި ފަސާދައިގެން މައްސަލަތައް ސަރުކާރަށް ބެލިފައި ނުވާ ކަމަށާއި، އެފަދަ މީހުންނަށް ފިޔަވަޅު އަޅާފައި ނުވާކަން ދެއްކުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
ގަރާޖުސިޓީ ހުށަހަޅާ ގޮތަށް ގާނޫނުގައި ހިމަނާފައި ވަނީ މާލެއަށް ތޮއްޖެހުން ކުޑަ ކުރަން ކަމަށާއި، މިހާރު ހުށަހަޅާފައިވާ އިސްލާހަކީ، ގަރާޖު ސިޓީގެ ބަދަލުގައި ގަރާޖު ސިޓީގެ ދަފްތަރެއް ހެދުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީ މެންބަރުން ހިމެނޭ ގޮތުން އެ އިސްލާހަށް ވާހަކަދެއްކެވި ގިނަ މެންބަރުންނަކީ، ގަރާޖު ސިޓީ ނުލިބިގެން އުޅޭ ފަރާތްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އެ ބިލަކީ އެމްޑީޕީން ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށާއި އެ ބިލަކީ އިދިކޮޅުން ހުށަހަޅައިގެން އުޅޭ ބިލެއް ކަމަށެވެ. ނޮޅީވަރަމް ދާއިރާގެ މެންބަރު ހުށަހެޅުއްވި އެ ބިލުގައި ބުނެފައި އޮތީ ސަރުކާރު ފެއިލްވީ ކަމަށް، ކަމަށާއި، އެ ބިލަށް ވޯޓު ދީފި ނަމަ އެމްޑީޕީގެ މެންބަރުން ފެއިލްވީ ކަމަށާއި 65 މެންބަރުން ގެއަށް ދާންވީ ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ އެ ބޭފުޅުން މަޖިލީހަށް އައީ ވައްކަންތައް ތަހުގީގުކޮށް އެ މައްސަލަތައް ބަލަން ކަމަށެވެ. ނަމަވެސް ގަރާޖު ސިޓީ ވިއްކައިގެން ނާޖާއިޒް ފައިދާ ނެގި މީހުން އަދިވެސް ތިބީ ސަރުކާރުގެ ވުޒާރާތަކުގައި ކަމަށާއި އެމީހުން ހައްޔަރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު
މެންބަރު އިބްރާހީމްް ރަޝީދު