އިނގިރޭސި ޕްރިމިއާ ލީގުގައި ފާހަގަކޮށްލެވޭ ވަރުގަދަ ޓީމުތަކުގެ ލިސްޓަށް ލީޑްސް އިތުރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް ކޯޗު މާސެލޯ ބިއެލްސާ ބުނެފިއެވެ.
ރޭ ލީގުގައި ލީޑްސްއިން ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑާއެކު 0-0 ގައި ހިފަހައްޓާލާފައި ވާއިރު، މިއަހަރު ލީގަށް އެނބުރި އައި ލީޑްސް އިން ވަނީ މިހާތަނަށް ލީގުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ލިވަޕޫލާއި ޗެލްސީއާ އެއްވަރު ކޮށްފައިވާއިރު، ލީޑްސްއިން ވަނީ މިހާތަނަށް ލެސްޓާ ސިޓީ އާއި މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ.
"ޓީމަށް އެންމެ ރަނގަޅަށް އެޓޭކް ނުކުރެވި ދާ ހާލަތްތަކުގައިވެސް މިހާރު ޑިފެންސް ރޫޅިގެންދާ ތަނެއް ނުފެނޭ. އެއީ ހެޔޮ ބަދަލުތަކެއް. އެކަންކަމަށް ހޭނެމުން ޓީމު ދަނީ. ގޯސް ހެދި އެގޯސްތަކުން ފިލާވަޅު ލިބިގަނެއްޖެ. އެއީ ޓީމު ވަރުގަދަ ވާ ސަބަބަކީ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް ޓީމުން ކުޅޭ ކުޅުން ތަފާތު ވުމާއެކު ލީޑްސްއަކީ އާދައިގެ ކްލަބުތަކުގެ ފަންތީން ވަރުގަދަ ކްލަބުތަކުގެ ފަންތިއަށް ދާނެ ކްލަބެއްކަމަށް ފެނޭ،" ރޭގެ މެޗަށްފަހު އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު ބިއެލްސާ ބުނެފައިވެއެވެ.
އިނގިރޭސި ފުޓުބޯޅައިގެ މުއްސަނދި ތާރީހެއް އޮތް ލީޑްސްއިން ބޮޑު މެދުކެނޑުމަކަށްފަހު މި ސީޒަނަށް އަނެއްކާވެސް ޕްރިމިއާ ލީގަށް އައީ ބޮޑު ޕްލޭނެއްގެ ތެރެއިންނެވެ. ބިއެލްސާއާއެކު ޗެމްޕިއަންސްޝިޕް ނަގައިގެން ލީޑްސް ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާއިރު، ލީގުގައި މިހާތަނަށް ދެއްކި ކުޅުމުންވެސް ބިއެލްސާއަށް ވަނީ ބޮޑެތި ތައުރީފުތަކެއް ލިބިފައެވެ.
ރޭ ޔުނައިޓެޑުން އެއްވަރުވުމާއެކު އަންނަ ހަފުތާ މެންޗެސްޓާ ސިޓީން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް، ވާދަވެރި ސިޓީއަށް ލީގު ހޯދުމަށް ފުރުސަތު އެބައޮތެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު