މާލޭގައި މިރޭ އެކްސިޑެންޓެއް ހިނގުމާއެކު އެއް ސައިކަލުގައި ދުއްވި މީހުން މަޑުނުކޮށް "ފިލައިފި"އެވެ.
ފުލުހުން ބުނީ މިރޭ 9:15 ހާއިރު އެމްއެމްއޭ ކައިރިން ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓުގައި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މިމަހުގެ 15 ވަނަ ދުވަހު ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭ މަތިން އެކްސިޑެންޓުވުމުން ވެސް ބަޔަކު ވަނީ ފިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު