ޒިކުރާ މިސްކިތް ހުރި ބިމުގައި ހެދި ވަގުތީ މިސްކިތް ހުޅުވައިފިއެވެ.
މީގެ ކުރިން އެ މިސްކިތް ހުޅުވަން މަސައްކަތް ކުރީ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. ނަމަވެސް ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް އެތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެތަނުން ވަނީ މިނިކަށިތަކެއް ފެނިފައެވެ. އޭގެ އިތުރަށް މައްޗަންގޮޅި ބާ މިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ އާއި ބައެއް އާސާރީ ތަކެތި ވެސް އެތަނުން ފެނިފައިވެއެވެ.
އެކަމާ ގުޅިގެން އެތަނުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މެދުކެނޑުނެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމަށް ބައެއް ދީނީ އިލްމުވެރިން ވަޑައިގެން އެތަނުގައި ވަގުތީ މިސްކިތެއް ހެދިދާނެތޯ ބެލިއެވެ.
މިއަދުގެ ހުކުރު ނަމާދަށް އެ މިސްކިތް ހުޅުވައިފައިވާ އިރު މިސްކިތް ހުޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. މިސްކިތް ހުޅުއްވައި ދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިސްކިތް ހެދުމަށް މަސައްކަތް ކުރަމުން ދިޔަ އިރު އިންސާނުންގެ ކަށިތައް ފެނުނު ނަމަވެސް އެ ކަށިތައް ނަގައި ފުރާނާ ސާފުކޮށް، އެއަށްފަހު މިސްކިތް ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ހަތް ދުވަސް ކުރިންނެވެ. ފައްސަތޭކަ މީހުންގެ ޖާގައިގެ އެ މިސްކިތަކީ އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ހެދި މިސްކިތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު