ދިވެހި ސިފައިންގެ ފަހުރުވެރި ހިދުމަތުގެ ކޮންމެ ދުވަހެއް ފެށިނިމެނީ ގައުމުގު ހައްގުގައި ކުރާން އޮތް މަސައްކަތުގައި ދެމިތިބެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގަ އެވެ.
ރައީސް ސޯލިހުގެ ޓުވީޓުގައި ވަނީ ދިވެހި ސިފައިންގެ 129 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ މިނިސްޓާ އޮފް ޑިފެންސަށާއި ޗީފް އޮފް ޑިފެންސް ފޯސް އަދި ހުރިހާ ސިފައިންނަށް ފޮނުއްވައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު