މާލޭ ހުކުރު މިސްކިތު މުންނާރުގައި އުވަލައި، ސާފުކޮށްފިއެވެ.
މިއީ މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރި ކުރުމަށް ހެރިޓޭޖް މިނިސްޓްރީ އާއި ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެ މަސައްކަތް ފަށާފައިވަނީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. ސްޓެލްކޯއިން މިމަސައްކަތާ ހަވާލުވެ، ކުރިއަށް ގެންދަނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ އެ މަސައްކަތް ނިމުމުން، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީގެ އިތުރުން ސްޓެލްކޯގެ ބައެއް އިސްވެރިން ވަނީ ހުކުރު މިސްކިތަށް ވަޑައިގެން މަސައްކަތް ބައްލަވާލައްވައިފައެވެ.
މި މަސައްކަތް ބައްލަވާލެއްވުމަށްފަހު ޔުމްނާ ވިދާޅުވީ މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީހާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއް ކަމުން މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތުގައި ސްޓެލްކޯ އިން އެހީތެރިކަން ފޯރު ކޮށްދިނުމުން ޔުމްނާ ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކުރައްވާފައެވެ.
ސްޓެލްކޯ އިން މީގެ ކުރިންވެސް ވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު