ބ. އޭދަފުށިން އިތުރު ހަތަރު މީހަކު ޕޮޒިޓިވް ވެ، އަދަދު ހަޔަކަށް އަރައިފި އެވެ.
އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް ވަނީ މިއަދު މޮނީޓަރިންގެ ހާލަތަށް ލައިފަ އެވެ. އޭގެ ފަހުން ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
އޭދަފުށިން ރެއާއި ހަމަޔަށް ޕޮޒިޓިވް ވި ދެ މީހުންވެސް ޕޮޒިޓިވް ވެފައިވަނީ ދެ ކްލަސްޓާއަކުން ކަމަށް އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ރޭ ވަނީ ބުނެފަ އެވެ.
އޭަދަފުށި ކައުންސިލް ރައީސް ތޮލާލް އަބްދުއްރަހްމާން "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި ދެކްލަސްޓާގައި ހިމެނޭ ދެ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ހަތަރު މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު އެރަށުން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.
ތޮލާލް ވިދާޅުވީ މި ދެ ކްލަސްޓާގައި ހިމެނޭ މީހުންނާ ކޮންޓެކްޓް ވި މީހުންގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށާއި ބައެއް ސާމްޕަލްގެ ނަތީޖާ ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ވަގުތެއްގައި ރަށުތެރެއިން ރޭންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އާބާދީގައި 3،390 މީހުން ދިރިއުޅޭ އޭދަފުށީގައި މިހާރު ރައްކާތެރި ކަމުގެ ފިޔަވަޅުގެ ގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުތުން ވަނީ މަނާކޮށްފަ އެވެ. އަދި މިވަގުތަށް ކެފޭ ރެސްޓޯރަންޓްތައް ބަންދު ނުކުރި ނަމަވެސް މިއަދު އެތަންތަނާ މެދު ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
މިއީ އޭދަފުށިން ކަރަންޓީނުގައި ނެތް ބަޔަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ. އަދި މި ކޭސްތަކާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 9 އިން ފެށިގެން ދަށުގެ ގުރޭޑްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު