ކޮވިޑް ކޭސްތައް އިތުރުވެ އިންޑިއާގެ ދިއްލީ ލޮކްޑައުން ކޮށްފިއެވެ.
ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް އިތުރުވެ ފަރުވާ ދޭންޖެހޭ މީހުން އިތުރުވާން ފެށުމާއެކު ދިއްލީ ލޮކްޑައުން ކުރުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން ހަފުތާއެއްގެ މުއްދަތަކަށެވެ.
އިއްޔެ އެކަނިވެސް ދިއްލީން 24،462 ކޮވިޑް ކޭސް ފެނިފައިވާ ކަމަށް އެ ސިޓީގެ ކޮވިޑް ރެކޯޑުތަކުން ދައްކައެވެ. ދިއްލީ ލޮކްޑައުން ކޮށްފައިވާ އިރު، އިންޑިއާގެ ގިނަ ސިޓީތަކެއްގައި ވަކި ގަޑިތަކެއްގައި ކާފިއު ހިންގަން ވެސް ވަނީ ނިންމައިފައެވެ.
މިމަސް ފެށުނީއްސުރެ އިންޑިއާއަށް ވަނީ ކޮވިޑުގެ ދެވަނަ ރާޅު އަރައި ކޭސްތައް އިތުރުވާން ފަށައިފައެވެ. އިންޑިއާއިން އެވްރެޖްކޮށް ދެލައްކަ އަށްވުރެ ގިނަ ކޭސް ދުވާލަކު ރެކޯޑް ކުރާއިރު ބަލީގައި މަރުވީ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަކުން އިތުރުވެފައެވެ.
އިންޑިއާއިން އިއްޔެ 1620 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ކޮވިޑްގެ ދެވަނަ ރާޅު އަރައި އިންޑިއާގައި އެންމެ ނުރައްކާ ވެފައިވަނީ އެގައުމުގެ މަހާރަސްތަރާ އަވަށެެވެ. އެ އަވަށުގައި މިހާރުވެސް މިލިއަނަކަށް ވުރެ ގިނަ އެކްޓިވް ކޭސް ހުރި ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ