ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ އަދަދު 69 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އައިޖީއެމްއެޗް އެމަޖެންސީއަށް ގެންދެވުނު އުމުރުން 86 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު 4:20 ގައި މަރުވެފައިވާ ކަމަށެވެ.
އޭނާއަކީ ކޮވިޑަށް ޕޮޒިޓިވް މީހެއް ކަމަށާއި އެހެންކަމުން އޭނާއަކީ ކޮވިޑު ބަލީގައި ރާއްޖެއިން މަރުވި 69 ވަނަ މީހާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އޭނާއަކީ ކޮވިޑު ޖެހިގެން މިއަދު މަރުވި ދެވަނަ މީހާއެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ 82 އަހަރުގެ އަންހެނަކު ވެސް މިއަދު 11:12 ގައި ވަނީ މަރުވެފައެވެ.
މިއަދުގެ ދެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 62 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު