ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެކަމަނާ ހުންނެވީ އާއިލާއާ އެކަހެރިވެވަޑައިގެން ކަމަށެވެ. އަދި އެކަމަނާ ކޮވިޑަށް ޕޮޒިޓިވްވި ކަމުގައިވިޔަސް ހާލުކޮޅު ރަނގަޅު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސް ސޯލިހާއި އެ ދެކަނބަލުންގެ ދެ ބޭފުޅުން ކޮވިޑަށް ޓެސްޓުކުރައްވާފައިވާ ކަމަށާއި އެންމެންގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

މެޑަމް ފަޒްނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އެކަމަނާގެ ޅިޔަނު އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ސީޕީ މިހާރު ހުންނެވީ އައިސޮލޭޝަންގައެވެ.