އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން 50 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައިވަނީ އެމީހާގެ އަރިކައްޓަށެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.