ކޮވިޑްގެ ތިންވަނަ ރާޅެއް އަންނަ މަހު ލަންކާ އަށް އަރާނެކަމަށް ލަފާކޮށްފިއެވެ.
ސްރީލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓަރުންގެ އެސޯސިއޭޝަން އިން ވަނީ އެގައުމުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން ފިޔަވަޅުތަކަށް އާންމުން ބޯނުލެނބުމުގެ ސަބަބުން ހާލަތު ގޯސްވެ ކޮވިޑްގެ ތިންވަނަ ރާޅާ އެގައުމު ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ލަންކާގައި ސިންގަޅަ އަދި ތަމަޅަ އާ އަހަރު ފާހަރުކުރުމަށް ބޭއްވި ދީނީ ހަރަކާތްތަކަށް އެގައުމުގައި ވަނީ ގިނަ ލުއިތަކެއް ދީފައެވެ.
ލަންކާގެ ކޮވިޑް ހާލަތަށް އަންނަ ބަދަލުތަކާއި ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ބެހޭގޮތުން އެ އެސޯސިއޭޝަނުން ވަނީ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕަބްލިކް ހެލްތު އިންސްޕެކްޓަރުންގެ އެސޯސިއޭޝަނުން ވަނީ އެގައުމުގައި ވެކްސިން ދިން ނަމަވެސް އިންފެކްޝަން ފެތުރެން ފަށައިފިނަމަ ކޭސްތައް ގިނަވާނެ ކަމަށް ބުނެފައެވެ.
ލަންކާއިން މިހާތަނަށް 95394 ކޭސް ފެނިފައިވާއިރު އެގައުމުން 598 މީހުން ވަނީ ބަލީގައި މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ