2019 ވަނަ އަހަރު ރެއާލް މެޑްރިޑުން ނޭމާ ހޯދަން ބޮޑު އަގެއް ޕީއެސްޖީއަށް ހުށަހެޅި ނަމަވެސް، އެކަމަށް އެ ކްލަބުން އިންކާރު ކުރި ކަމަށް ކުރީގެ އެޖެންޓް ވެގްނާ ރިބޭރޯ ބުނެފިއެވެ.
ރިބޭރޯ ބުނެފައި ވަނީ ނޭމާ ހޯދުމަށް ރެއާލް މެޑްރިޑުން 260 މިލިއަން ޕައުންޑް ހުށަހެޅި ކަމަށާއި، އޭގެ ޖަވާބެއްގެ ގޮތުން ޕީއެސްޖީން ބުނެފައި ވަނީ ބިލިއަނެއް ހުށަހެޅި ނަމަވެސް ނޭމާ ނުވިއްކާނެ ކަމަށެވެ. ނޭމާ ޕީއެސްޖީއަށް ގޮސްފައި ވަނީ 2017 ވަނަ އަހަރު ރެކޯޑު ޓްރާންސްފާއަކަށެވެ. ބާސާއިން ނޭމާ ހޯދުމަށް ޕީއެސްޖީން ވަނީ 192 މިލިއަން ޕައުންޑްގެ އަގެއް ދައްކާފައެވެ.
އެ ޓްރާންސްފާއަށް ފަހުވެސް ނޭމާ ހޯދުމަށް ސްޕެއިންގެ ރެއާލް އާއި ބާސާއިންވެސް ވަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކޮށްފައެވެ. ނިމިދިޔަ ޓްރާންސްފާ ސީޒަންގައިވެސް ނޭމާ ބާސާއަށް ދާނެ ކަމުގެ ވާހަކަތައް ދެކެވިފައިވާއިރު، ރިބޭރޯ ބުނެފައި ވަނީ 2019 ވަނަ އަހަރު ނޭމާ ރެއާލްއަށް ދިޔުމާ ގާތަށް ޖެހިލި ކަމަށެވެ.
"އޭރު ރެއާލްއަށް ދިއުމާ ގާތަށް ޖެހިލި. އޭރު މެޑްރިޑުން 260 މިލިއަން ޕައުންޑް ހުށަހެޅި. ފްލޮރެންޓީނޯ އޭރު ބުނި އަހަރެން ގާތުގައިވެސް. އެކަމަކު ޕީއެސްޖީގެ ނަސޭރް އަލް ހަލީފާ ވަނި އެކަމަށް އިންކާރު ކޮށްފައި. ބިލިއަނަކަށްވެސް ނޭމާ ނުވިއްކާނަން، އެއީ ބުނި ބަހަކީ." ރިބޭރޯ ބުނެފައިވެއެވެ.
ދާދިފަހުން ނޭމާއާއެކު ޕީއެސްޖީން ވެފައިވާ އެއްބަސްވުން އާކޮށްފައިވާއިރު، ނޭމާގެ ކުރީގެ އެޖެންޓް ރިބޭރޯ ބުނެފައި ވަނީ ނޭމާއަށް ޕީއެސްޖީން ހުށަހަޅާ ކަންކަން އެހެން ކްލަބުތަކާ ނުބައްދަލުވާނެ ކަމަށާއި، ނޭމާ ކްލަބު ދޫކޮށްލާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އޭގެ އިތުރުން ރިބޭރޯ ފާހަގަކުރީ ޕީއެސްޖީއާއެކު ނޭމާއަށް ޗެމްޕިއަންސް ލީގު ނެގިއްޖެ ނަމަ، ބެލޮންޑިއޯ ޔަގީން ވާނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު