ދުނިޔޭ ފުޓުބޯޅައިގެ އެންމެ އަގުހުރި ކްލަބަކަށް ބާސެލޯނާ ވެއްޖެއެވެ.
ކްލަބުތަކުގެ ތެރެއިން އެންމެ އަގުބޮޑު ކްލަބުތައް އަބަދުވެސް ފޯބްސްއިން ރޭންކް ކުރަމުން އަންނައިރު، ކުރިން އެމަގާމުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން އޮތް ކްލަބުތަކަކީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑެވެ. އެންމެފަހުންވެސް އެ މަގާމުގައި ރެއާލް މެޑްރިޑް އޮތްއިރު، ބާސާއިން މިފަހަރު އެއްވަނަށް ޖެހިލީ ކްލަބުގެ އަގު 3.5 ބިލިއަން ޕައުންޑަށް ޖައްސާލައިގެންނެވެ.
ދުނިޔޭގެ އެންމެ މުއްސަނދި، އެންމެ އަގުބޮޑު ކްލަބަކަށް ގިނަ ދުވަސްތަކެއް ވަންދެން އޮތް ޔުނައިޓެޑް މިހާރު ލިސްޓްގެ ހަތަރުވަނައިގައި އޮތީ ކްލަބު އަގު 3.05 ބިލިއަން ޕައުންޑްގައެވެ. ޔުނައިޓެޑް ވައްޓާލައި ތިންވަނައަށް ޖެހިލީ ބުންޑަސްލީގާ އަދި ޔޫރަޕްގެ އެންމެފަހުގެ ޗެމްޕިއަން ބަޔާން މިއުނިކެވެ.
ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ، ޗެލްސީގެ އިތުރުން އާސެނަލް އާއި ޓޮޓެންހަމްވެސް ދުނިޔޭ އެންމެ މުއްސަނދި ކްލަބުތަކުގެ ގަދަ 10 އެއްގައި ހިމެނިފައިވެއެވެ.
ފޯބްސްއިން ބުނެފައި ވަނީ ކޮވިޑް 19ގެ ހާލަތު އައި ނަމަވެސް، ގަދަ 20 ގެ ތެރޭގައި ހިމެނޭ ކްލަބުތަކުގެ އަގު އެވްރެޖުކޮށް 30 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށެވެ. ކޮވިޑްގެ އަސަރު ކްލަބުތަކަށް ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ފޯބްސްއިން ވެސް ހާމަކޮށްފައިވާއިރު، މެޗު ޓިކެޓް ވިއްކައިގެން ލިބެން ޖެހޭ އާމްދަނީގެ އަދަދު ވަނީ 9.6 ޕަސެންޓް ދަށް ވެފައެވެ.
ޔުނައިޓެޑް ގަދަ ތިނަކުން ކައްސާލި ނަމަވެސް، މިދިޔަ އަހަރުގެވެސް އޮޕަރޭޝަނަލް އާނމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ހޯދި ކްލަބަކީ އެއީއެވެ. އެ ކްލަބަށް ވަނީ 121 މިލިއަން ޕައުންޑް ފައިދާ، އެކިއެކި އޮޕަރޭޝަންތަކުން ލިބިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު